ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތި ލައްވާ ފަރާތްތަކުގެ ރެކޯޑު ސާފުކޮށް، ވަގުތުން ދޫކުރުމުގެ އިންތިޒާމު ސުޕްރީމް ކޯޓުން ހަމަޖައްސަވައިފި.

10 ފެބްރުއަރީ 2020   ޢާއްމު , ޚަބަރުތައް  

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތި ލައްވާ ފަރާތްތަކުގެ ރެކޯޑު ސާފުކޮށް، ވަގުތުން ދޫކުރުމުގެ އިންތިޒާމު ސުޕްރީމް ކޯޓުން ހަމަޖައްސަވައިފި.

ކުރިއަށް އޮތް "އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020" ގެ ކެންޑިޑޭޓުންގެ ގޮތުގައާއި "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020" ގެ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލައްވާ ފަރާތްތަކުން ސާފުކުރުމަށް ހުށަހަޅާ ރެކޯޑުފޯމުތައް ނިންމުމަށްފަހު، ވަގުތުން ދޫކުރާގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވައިފިއެވެ. މި ގޮތުން 10 ފެބުރުވަރީ 2020 އިން ފެށިގެން "އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020" ގެ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލައްވާ ފަރާތްކުގެ ފޯމުތައް ބަލައިގަތުމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅުއްވާފައިވާ އެންމެ ފަހު ތާރީޚް ކަމުގައިވަ 24 ފެބުރުވަރީ 2020 ވަނަދުވަހުގެ ނިޔަލަށް މި ގޮތަށް އަމަލުކުރަމުން ގެންދާނެއެވެ.

ފޯމު ބަލައިގަތުމަށް ހަމަޖައްސަވާފައިވާ ގަޑިތައް:

އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް؛ ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:30 އަށް
ހުކުރު ދުވަސް؛ މެންދުރުފަހު 14:30 އިން ފެށިގެން ހަވީރު 17:00 އަށް
ހޮނިހިރު ދުވަސް؛ ހެނދުނު 10:00 އިން ހަވީރު 16:30 އަށް