ސުޕްރީމް ކޯޓުގެ ބައެއް ފޯމުތައް އިސްލާޙުކޮށް އައު ފޯމު ތަޢާރަފުކޮށްފި

17 ޖެނުއަރީ 2020   ޢާއްމު , ޚަބަރުތައް  

ސުޕްރީމް ކޯޓުގެ ބައެއް ފޯމުތައް އިސްލާޙުކޮށް އައު ފޯމު ތަޢާރަފުކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިހާރު ބޭނުންކުރަމުންގެންދާ ފޯމުތަކުގެ ތެރެއިން ދެ ފޯމެއް އިސްލާޙުކޮށް އިތުރު ދެ ފޯމެއް އަލަށް ތަޢާރަފުކޮށްފިއެވެ. މި ގޮތުން އިސްލާޙު ކުރެވުނު ދެ ފޯމަކީ " SC01 އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު" އާއި "SC02 އިސްތިއުނާފީ ދަޢުވާގެ ޖަވާބު ފޯމު" އެވެ.
އަލަށް ބޭނުންކުރުމަށް ތަޢާރަފުކުރެވުނު ދެ ފޯމަކީ ވަކީލަކު ހަމަޖެއްސިކަން އެންގުމަށް ބޭނުންކުރާ " SC03 ވަކީލު ހަމަޖެއްސިކަމުގެ ލިޔުން" އާއި ބަދަލު ހަމަޖެއްސިކަން އެންގުމަށް ބޭނުންކުރާ " SC04 ބަދަލު ހަމަޖެއްސިކަމުގެ ލިޔުން" އެވެ.

ފޯމުތައް