ކޯޓު ކަލަންޑަރ

"ހައިލެވެލް ސެމިނަރ ފޮރ ފޮސްޓަރިންގ ކޯޕަރޭޝަން ވިތު ދަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ރިޕަބްލިކް އޮފް ކޮރެއާގެ، ސޯލްއަށް އިއްޔެ ވަޑައިގަންނަވައިފި

3 އޭޕްރީލް 2017 - ހޯމަ


"ހައިލެވެލް ސެމިނަރ ފޮރ ފޮސްޓަރިންގ ކޯޕަރޭޝަން ވިތު ދަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ރިޕަބްލިކް އޮފް ކޮރެއާގެ، ސޯލްއަށް އިއްޔެ ވަޑައިގަންނަވައިފިއެވެ.



ބައިނަލްއަޤްވާނީ ޖިނާއީ ޢަދުލުގެ ނިޒާމްއާ ގުޅޭގޮތުން ޤައުމުތައް އަހުލުވެރިކުރުމަށާއި، ޤައުމުތަކުގެ މެދުގައި އޮތް ގުޅުން ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ ޖިނާއީ ޢަދުލުގެ ނިޒާމާބެހޭ ގޮތުން މެންބަރު ޤައުމުތަކުގެ މެދުގައި ވާހަކަދެކެވި، އިސްވެރިންގެ މެދުގައި ޓެކްނިކަލް ލެވެލްގައި ގުޅުންތައް ޤާއިމުކުރުމުގެ ގޮތުން 2 ދުވަހުގެ މުއްދަތަށް ބާއްވާ މި ކޮންފަރެންސްގައި އުއްތަމަ ފަނޑިޔާރު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.



މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ސުޕްރީމްކޯޓުގެ ރަޖިސްޓްރާރ ބައިވެރިވެ ވަޑައިގަންނަވައެވެ.