ކޯޓު ކަލަންޑަރ

  Mon  Tue  Wed  Thu  Fri  Sat  Sun
22      01 02 03 04
23 05 06 07 08 09 10 11
24 12 13 14 15 16 17 18
25 19 20 21 22 23 24 25
26 26 27 28 29 30    

އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު


 





ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވަނީ ސ. މީދޫގައި، 1964 ސެޕްޓެމްބަރ 25 ވަނަ ދުވަހުއެވެ.



 





އަލްއުސްތާޛު ޢަބްދުﷲ ސަޢީދު  1994 ވަނައަހަރު މިޞުރުގެ އަލްއަޒްހަރު ޔުނިވަރސިޓީ އިން ޤާނޫނުގެ ރޮނގުންނާއި ޝަރީޢާގެ ރޮގުން އެލްއެލްބީ  (ކޮމްބައިންޑް އޮނަރސް) ޑިގްރީ ޙާޞިލްކުރައްވާފައިވެއެވެ. އަދި 1999 އަހަރު އިންޓަރނޭޝަނަލް މެރިޓައިމް ލޯ އިންސްޓިޓިއުޓު/ މޯލްޓާގައި ޤާނޫނުގެ ރޮނގުން މާސްޓަރސް (އެލް އެލް އެމް) ޑިގްރީ ޙާޞިލްކުރައްވާފައިވެއެވެ. 5 ޑިސެމްބަރ 1997- 1މާރޗް  1998 އިންޑިޔާގެ ޕާރލަމެންޓުގައި ޕާރލަމެންޓަރީ ދިރާސާތަކާއި ޤާނޫނު ޑްރާފްޓް ކުރުމުގެ ރޮނގުން ތަމްރީން ކޯހެއް ފުރިހަމަކުރައްވާފައިވެއެވެ. އަދި ގިނަ ޢަދަދެއްގެ ސެމިނަރ އާއި މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެ  ޤާނޫނުގެ ރޮނގުން ގިނަ ތަމްރީނުތަކާއި ތަޖްރިބާތައް ހޯއްދަވާފައިވެއެވެ. އޭގެ ތެރޭގައި ކޯސް އޮން އިފެކްޓިވް ޑިސްޕިޔުޓް މެނޭޖްމެންޓް އިން އަ ޗޭންޖިންގ ވަރލްޑް26-30 ނޮވެމްބަރ 2001، ސިންގަޕޯރ؛ ސެމިނާރ އޮން ކަސްޓަމަރ އޮރިއެންޓެޑް ސަރވިސް، (ސިވިލް ސަރވިސް ކޮލެޖް، ސިންގަޕޯރ އިން މާލޭގައި ބޭއްވި)؛ ޖުޑިޝަލް ސްޓަޑީސް އެންޑް ޓްރޭނިން ޕްރޮގްރާމް 2001، (ސިންގަޕޯރ، މެލޭޝިއާ، އަދި އޮސްޓްރޭލިއާގެ ޖުޑިޝަރީތަކުގައި)؛ ކޯސް އޮން އޭވިއޭޝަން އެކްސިޑެންޓް އިންވެސްޓިގޭޝަން، ސިންގަޕޯރ އޭވިއޭޝަން އެކަޑެމީ، 16- 22 ފެބްރުއަރީ 2000؛ ޑަބްލިޔުއައިޕީއޯ ނޭޝަނަލް ވަރކް ޝޮޕް އޮން އިންޓެލެކްޗުއަލް ޕްރޮޕަރޓީ އެންޑް ދި އެގްރީމެންޓް އޮން ޓްރޭޑް ރިލޭޓޭޑް އެސް ޕެކްޓްސް އޮފް އިންޓެލެކްޗުއަލް ޕޮރޮޕަރޓީ ރައިޓްސް 24-25 ނޮވެމްބަރ 1999، (މާލޭގައި ވަރލްޑް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮގަނައިޒޭޝަނުން ބޭއްވި)؛  ކޯސް އޮން އިންޓަރނޭޝަނަލް މެރިޓައިމް ލޭބަރ ލޯ 15-19 ފެބްރުއަރީ 1999؛ ސެމިނާރ އޮން ފިޑިކް އޮފް (މޭސަންސް) މާލެ، 15-16 މޭ 1996؛ (ވަރކްޝޮޕް އޮން އީއީޒެޑް  މެނެޖްމެންޓް އެންޑް މެރިޓައިމް ލެޖިސްލޭޝަން އިކޮނޮމިކް އެންޑް ލީގަލް އެޑްވައިޒަރީ ސަރވިސް ޑިވިޜަނުން މާލޭގައި ބޭއްވި)  ހިމެނެއެވެ.



 





އަލްއުސްތާޛު ޢަބްދުﷲ ސަޢީދު  ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ 1995 ޖޫން 27 ގައެވެ. ސަރުކާރުން ދެއްވި ވަޒީފާއަކީ އެޓަރނީ ޖެނެރަލް އޮފީހުގެ ސްޓޭޓް އެޓަރނީކަމެވެ. މިވަޒީފާގައި ދަށުކޯޓްތަކާއި ހައިކޯޓްގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރެއްވުމުގެ އިތުރަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކަށް ޤާނޫނީލަފާދިނުމުގައި މަސައްކަތްކުރައްވާފައިވެއެވެ.



 





ޢަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވަނީ މޯލްޑިވްސް ކޮލެޖް އޮފް އެޑިޔުކޭޝަންގެ ފެކަލްޓި އޮފް ޝަރީޢާ އެންޑް ލޯގެ ފުރަތަމަ ޑީންކަމަށް ސަރުކާރުން ޢައްޔަންކުރައްވާފައެވެ. މިމުހިއްމު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ތެރެއިން ޒަމާނާއެއްގޮތަށް ރާއްޖޭގެ ޤާނޫނީ ތަޢުލީމުގެ ބިންގާ އަޅައި ދިނުމުގެ މަސްއޫލިއްޔަތު އަދާކޮށްފައިވެއެވެ.



 





އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ގިނަގުނަ ޚިދުމަތްތައް ސަރުކާރަށް ދެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވުމަށްފަހު ޕީއެޗްޑީ އަށް ކިޔަވައިވިދާޅުވުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ. އޭރު ހުންނެވީ، އެޓަރނީ ޖެނެރަލް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، ޕަބްލިކް ޕްރޮސެކިއުޝަންގެ މަޤާމުގައެވެ. އަދި އޭގެ ފަހުގައި އެމަނިކުފާނު އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރަލް އޮރގަނައިޒޭޝަނުގެ ލީގަލް އޮފީހުގައި މަސައްކަތް ކުރައްވައި ތަޖްރިބާ ހޯއަދަވާފައިވެއެވެ. އެހެންމެ، ސަރުކާރުގެ ކިތަންމެ ކޮމިޓީއެއްގައި ބައިވެރވިވެވަޑައިގަންނަވަމުން ގެންދަވާފައިވެއެވެ. އޭގެ ތެރޭގައި ދިވެހި ރާއްޖޭގެ ލޯ ކޮމިޝަންގެ މެމްބަރުކަން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާ ބެހޭ ޔުނިޓުގެ ލީގަލް އޮފިސަރުކަން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ މަޖްލިހުގެ މެމްބަރުކަން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުގެ ކޮލެޖް ކައުންސިލުގެ މެމްބަރުކަން، މެރިޓައިމް ޓްރެއިނިންގ އެޑްވައިޒަރީ ބޯރޑުގެ މެމްބަރުކަން، ޓެންޑަރ އިވެލުއޭޝަން ބޯރޑުގެ މެމްބަރުކަން، ނާރކޮޓިކްސް ކޮންޓްރޯލް ބޯރޑުގެ އެޑްވައިޒަރީ ކައުންސިލުގެ މެމްބަރުކަން، ހިމެނެއެވެ.





ފުރުއްވި މަގާމްތައް:

 




  • ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު 14 ޑިސެމްބަރ 2014 އިން


  • ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު 10 އޮގަސްޓު 2010އިން 14 ޑިސެމްބަރ 2014 އަށް


  • ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ސްޕްރީމް ކޯޓް 18 ސެޕްޓެމްބަރ 2008 އިން- 10 އޮގަސްޓް 2010އަށް


  • އެޓަރނީ ޖެނެރަލްގެ ނާއިބް، އެޓަރނީ ޖެނެރަލްގެ އޮފީސް 10 ސެޕްޓް 2008 އިން 18 ސެޕްޓް 2008 ށް


  • އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ޕަބްލިކް ޕްރޮސެކިޔުޝަންސް، ޢެޓަރނީ ޖެނެރަލްގެ އޮފީސް 16 ޖޫން 2005 އިން 11 ސެޕްޓެމްބަރ 2005 އަށް


  • ޑިރެކްޓަރ ޢެޓަރނީ ޖެނެރަލްގެ އޮފީސް 25 އޭޕްރީލް 2001 އިން 16 ޖޫން 2005 އަށް


  • ޑީން ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ 01 ފެބްރުއަރީ 2001 އިން 25 އޭޕްރީލް 2001 އަށް


  • ޑިރެކްޓަރ އިންސްޓިޓިއުޓް އޮފް ޝަރީޢާ އެންޑް ލޯ 02 އޯގަސްޓް 2000 އިން 01 ފެބްރުއަރީ 2001 އަށް


  • ސްޓޭޓް އެޓަރނީ ޢެޓަރނީ ޖެނެރަލްގެ އޮފީސް 08 ޖޫން 1999 އިން 02 އޯގަސްޓް 2000 އަށް


  • ސްޓަޑީ ލީވް މާސްޓަރސް ކޯހުގައި 12 ސެޕްޓެމްބަރ 1998 އިން 08 ޖޫން 1999 އަށް


  • ސްޓޭޓް އެޓަރނީ ޢެޓަރނީ ޖެނެރަލްގެ އޮފީސް 27 ޖޫން 1995 އިން 12 ސެޕްޓެމްބަރ 1998 އަށް



 



އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓްގެ ފަނޑިޔާރަކަށް ރައީސުލްޖުމްހޫރިއްޔާ އިސްކުރެއްވީ 2008 ސެޕްޓެމްބަރ 18 ގައެވެ. ހަމައެތާރީޚުގައި ޤާނޫނު އަސާސީގެ 282ވަނަމާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އުއްތަމަ ފަނޑިޔާރުގެ މަސްއޫލިއްޔަތު މަތިކުރެވުނެވެ.  2008 ސެޕްޓެމްބަރ 18 އިން 2010 އޯގަސްޓް 10އަށް ދިވެހިރާއްޖޭގެ ޢަދުލު އިންޞާފުގެ ދާއިރާގެ އެންމެ އިސް އުއްތަމަ ފަނޑިޔާރުގެ ގޮތުން  އަދި 2010 އޯގަސްޓް 10 އިން 2014 ޑިސެމްބަރ 14އަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ގޮތުން އަދި 2014 ޑިސެމްބަރ 14 އިން ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ ޙައިޘިއްޔަތުން މިއަދާހަމައަށްވެސް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު ބިނާކޮށް ވަރުގަދަކުރުމަށާއި ދިވެހިރާއްޖޭގެ ޢަދްލު އިންޞާފުގެ ބާރުގެ ތަރައްޤީއާއި ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން އައިސްފައިވެއެވެ.



 





އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު 1995 އިން ފެށިގެން ރާއްޖޭގައި ޤާނޫނާއި ޝަރީޢަތް ކިޔަވައިދެވޭ އެކިއެކި ކޯސްތަކާއި އެލްއެލްބީ ޕްރޮގްރާމްތަކުގައި ކިޔަވައި ދެއްވަމުން އައިސްފައިވެއެވެ.



 





އެމަނިކުފާނު ރަނގަޅަށް ދެނެވަޑައިގަންނަވާ ބަސްބަހުގެ ތެރޭގައި ޢަރަބިބަހާއި ފާރިސީބަހާއި އުރުދޫ ބަހާއި އިނގިރޭސިބަސް ހިމެނެއެވެ. އެމަނިކުފާނު ތަޢުލީމާއި ތަޖުރިބާތައް ހޯއްދެވުމަށް ދަތުރުކުރެއްވި ޤައުމުތަކުގެ ތެރޭގައި އިންޑިއާ، މިސުރު، އިނގިރޭސި ވިލާތް، އިޓަލީވިލާތް، މޯލްޓާ، އޮސްޓްރޭލިއާ، މެލޭޝިއާ، ސިންގަޕޫރު ފަދަ ޤައުމުތައް ހިމެނެއެވެ.