ކޯޓު ކަލަންޑަރ

  Mon  Tue  Wed  Thu  Fri  Sat  Sun
35        01 02 03
36 04 05 06 07 08 09 10
37 11 12 13 14 15 16 17
38 18 19 20 21 22 23 24
39 25 26 27 28 29 30  

ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ


(10 އޮގަސްޓް 2010 އިން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުގައި)





01 އޮކްޓޯބަރ 1966 ގައި ސ. ހިތަދޫއަށް އުފަންވެވަޑައިގެންނެވި އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މަތީ ތަޢުލީމު ހޯއްދަވާފައިވަނީ މިސްރުގެ ޤާހިރާގެ އަލްއަޒްހަރު ޔުނިވަރސިޓީންނެވެ. މިގޮތުން ހާޞިލުކުރައްވާފައިވާތަޢުލީމީ ސަރޓިފިކެޓް ތަކަކީ؛



- ޕަބްލިކް އިންޓަނޭޝަނަލް ލޯ ގެ ރޮނގުން ފަރސްޓް ކްލާސް އޮނަރގެ ދަރަޖައިން ޕީ.އެޗް.ޑީ (2008).



- ކޮންސްޓިޓިއުޝަނަލް ލޯ ގެ ރޮނގުން އެކްސެލެންޓް ދަރަޖައިން މާސްޓަރސް  ޑިގްރީ (2000).



- ޕަބްލިކް ލޯ ގެ ރޮނގުން ޕޯސްޓް ގްރެޖުއޭޓް ސްޓަޑީސް (1995).



- ޝަރީޢަތާއި ޤާނޫނީ ޢިލްމުގެ ރޮނގުން ބެޗްލަރ އޮފް ލޯސް (1993).



1996 ވަނަ އަހަރު  ޤާނޫނީ ވަކީލެއްގެ ހައިޘިއްޔަތުން ވަކާލާތުކުރުމުގެ ހުއްދަ ލިބި ދިވެހިރާއްޖެ އާއި މިސްރުގައި ލީގަލް ކޮންސަލްޓެންޓެންޓެއްގެ ގޮތުގައި ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ މަސައްކަތްކުރައްވާފައެވެ.



ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ގެ މަޤާމު 2010 ވަނަ އަހަރު ފުރުއްވާފައެވެ. އަދި 2008 ވަނަ އަހަރު ދިވެހިރާއްޖޭގެ އެޓަރނީ ޖެނެރަލްގެ ނައިބުގެ މަޤާމު ފުރުއްވާފައިވެއެވެ.



ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އެކަޑަމިކް އަދި ޢިލްމީ މަސައްކަތްޕުޅުތަކުގެ ތެރޭގައި ލެކްޗަރަރއެއްގެ ގޮތުން ފެކަލްޓީ އޮފް ޝަރިއާ އެންޑް ލޯ،ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އަދި މޯލްޑިވްސް ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް ގައި ޕަބްލިކް އިންޓަނޭޝަނަލް ލޯ، ކޮންސްޓިޓިއުޝަނަލް ލޯ، އެޑްމިނިސްޓްރޭޓިވް ލޯ، އިސްލާމިކް ކޮންސްޓިޓިއުޝަނަލް ލޯ އަދި އިސްލާމިކް ކްރިމިނަލް ލޯ ކިޔަވައިދެއްވުން ހިމެނެއެވެ. އަދި ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަކީ އިޖިޕްޝަން ސޮސައިޓީ އޮފް އިންޓަރނޭޝަނަލް ލޯ އާއި ދިވެހިރާއްޖޭގެ އިސްލާމިކް ފިޤްހު އެކަޑަމީގެ މެންބަރެކެވެ.



 



ޕަބްލިކް އިންޓަނޭޝަނަލް ލޯގެ ދާއިރާގެ މާހިރެއް ކަމުގައިވާ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ލިޔުއްވާފައިވާ ކޮމްޕެރޭޓިވް ލޯގެ ތަފާތު މައުޟޫޢުތަކުގެ ތެރޭގައި ހިމެނެނީ :-



-  އިސްލާމީ ފިޤްހާއި ޕަބްލިކް އިންޓަރނޭޝަނަލް ލޯ ގައި ބައިނަލް އަޤްވާމީ މުޢާހަދާތައް ނިމިގެންދާ ގޮތްތައް، ޕީ.އެޗް.ޑީ. ތީސިސް، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، އަލްއަޒްހަރު ޔުނިވަރސިޓީ، ކައިރޯ، 2008،(ޝާއިޢުކުރުމުގެ މަގުމަތީގައި).



- ދިވެހިރާއްޖޭގެ ޤާނޫނު ހެދުމުގެ ބާރު އިސްލާމީ ސިޔާސީ ނިޒާމާއި ކޮންޓެމްޕަރަރީ ސިޔާސީ ނިޒާމްތަކާއި އަޅާބެލުމާއެކު، މާސްޓަރސް ޑިގްރީ ތީސިސް،ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ، އަލްއަޒްހަރު ޔުނިވަރސިޓީ، ކައިރޯ، 2000،( ޝާއިޢުކުރެވުނީ 2002 ގައި).



- ބައިނަލްއަޤްވާމީ މުޢާހަދާތައް ޢެކުލަވާލުން، ޤާހިރާ، 1995.



- ކްރިމިނަލް ލޯ އާއި އިސްލާމީ ޝަރީޢަތުގައި އެބޯޝަން، ޤާހިރާ، 1995.



- ޙާލަތު ބަދަލުވުން: ޕަބްލިކް އިންޓަރނޭޝަނަލް ލޯ އާއި އިސްލާމީ ފިޤްހުގައި ބައިނަލްއަޤްވާމީ މުޢާހަދާތައް ހުއްޓާލުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި،2010. (ޢިލްމީ މަޖައްލާއެއްގައި ޝާއިޢުކުރެވުމުގެ މަގުމަތީގައި).



 



ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ބައިވެރިވެވަޑައިގަންނަވާފައިވާ ކޮންފަރެންސްތަކުގެ ތެރޭގައި ހިމެނެނީ:-



-ވޯލްޑް ކޮންގްރެސް އޮން ޖަސްޓިސް ގަވަރނަންސް އެންޑް ލޯ ފޯ އެންވަޔަރަމެންޓަލް ސަސްޓެއިނަބިލިޓީ، ރިއޯ ޑި  ޖެނޭރޯ، 2012.



-23 ވަނަ ލޯ އޭޝިއާ ކޮންފަރެންސް، ނިއުދިއްލި، 2010.



-އ.ދ ގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ބެހޭ މުޢާހަދާ (ސީ.އާރު.ސީ) ގެ އޮޕްޝަނަލް ޕްރޮޓޮކޯލް ރިޕޯޓިންގ، ސީ.އާރު.ސީ ގެ 50 ވަނަ ބައްދަލުވުން، ޖެނީވާ، 2009.