ކޯޓު ކަލަންޑަރ

  Mon  Tue  Wed  Thu  Fri  Sat  Sun
35        01 02 03
36 04 05 06 07 08 09 10
37 11 12 13 14 15 16 17
38 18 19 20 21 22 23 24
39 25 26 27 28 29 30  

ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު


(10 އޮގަސްޓް 2010 އިން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުގައި)



އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދު އުފަންވެވަޑައިގެންނެވީ 25 ސެޕްޓެމްބަރ 1964 ގައި ސ. ހުޅުދޫއަށެވެ. އަދި އެމަނިކުފާނު  ޤާނޫނީ ދާއިރާއިން ޑިގްރީ ހާޞިލުކުރެއްވީ މައްކާގައި ހުންނަ އުއްމުލް- ޤުރާ ޔުނިވަރސިޓީއިންނެވެ. އަދި ކެނެޑާގެ ކޮމަންވެލްތް ޖުޑީޝަލް އެޑިއުކޭޝަން އިންސްޓިޓިއުޓް އިން ފެލޯޝިޕް ވަނީ ޙާޞިލްކުރައްވާފައެވެ. މީގެ އިތުރުންވެސް އެމަނިކުފާނުވަނީ ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަންކުރުމުގެ ހުއްދަ ނަންގަވާފައިވެއެވެ. އެ މަނިކުފާނު ދެނެވަޑައިގަންނަވާ ބަސްތަކުގެ ތެރޭގައި އިނގިރޭސި، އުރުދޫ އަދި އަރަބި ހިމެނެއެވެ.



އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދު ފުރުއްވާފައިވާ މަޤާމުތަކުގެ ތެރޭގައި 1996 އިން ފެށިގެން 2010 އާ ހަމައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމާއި 1993 އިން ފެށިގެން 1996 އާ ހަމައަށް މިނިސްޓްރީ އޮފް ޖަސްޓިސް ގެ ޤާޟީއެއްގެ މަޤާމާއި އެ މިނިސްޓްރީގެ ކޯޓު ނަންބަރު 1، 2 އަދި 4 ގެ ސިޓިންގ ޖަޖްގެ މަޤާމުގެ އިތުރުން ޤާނޫނު މުރަޖަޢާ ކުރާ ކޮމިޓީގެ މެމްބަރުކަމާއި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ މެމްބަރުކަމާއި ލޯ ކޮމިޝަނުގެ މެމްބަރުކަމާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމާއި ނެޝަނަލް ޕެރޯލް ބޯޑުގެ މެމްބަރުކަން ހިމެނެއެވެ. އަދި މީގެއިތުރުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއިމިނިސްޓްރީ އޮފް ހޯމް އެފެއާޒްއަދި އެޓަރނީ ޖެނެރަލްގެ އޮފީހުގައިވެސް ވަނީ މަސައްކަތްކުރައްވާފައެވެ.



 



އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވި ސެމިނަރތަކާއި ކޮންފަރެންސްތަކުގެ ތެރޭގައި:-



- 2011  ވަނަ އަހަރު މެލޭޝިޔާގައި ބޭއްވުނު "ކޮމަންވެލްތު މެޖިސްޓްރޭޓްސް އެންޑް ޖަޖަސް ކޮންފަރެންސް



- 2010 ވަނަ އަހަރު ޗައިނާގައި ބޭއްވުނު "އިންޓަނޭޝަނަލް ކައުންސިލް ޖޫރިސްޓް ވިޒިޓް"



- 2010 ވަނަ އަހަރު މެލޭޝިޔާގައި ބޭއްވުނު "ކޮންފަރެންސް އިން ހާމޮނައިޒިންގ އިންޓަނޭޝަނަލް ހިއުމަން ރައިޓްސް އިންސްޓްރޫމެންޓްސް ވިތް ޝަރީއާ ޕްރިންސިޕްލްސް"



- 2009 ގައި ކެނެޑާގެ ދަލް ހައުސް ޔުނިވަރސިޓީ ލޯ ސްކޫލް އާއި ކެނެޑާގެ ކޮމަންވެލްތް ޖުޑީޝަލް އެޑިއުކޭޝަން އިންސްޓިޓިއުޓް ގުޅިގެން ބެއްވި "ޖުޑީޝަލް ޓްރެއިނާސް ޓްރެއިނިންގ ވޯކްޝޮޕް"



- 2007 ވަނަ އަހަރު ތެހެރާންގައި ބޭއްވި "ކޮންފަރެންސް އިން އިންޑިޕެންޑެންސް އޮފް ޖުޑިޝަރީ އިން އިސްލާމިކް ޝަރީއާ"



- 2006 ވަނަ އަހަރު ބޫޓާނުގައި ބޭއްވުނު "ސާކް ލޯ ކޮންފަރެންސް"



- 2005 ވަނަ އަހަރު ފިލިޕީންސްގެ މެނީލާގައި ބޭއްވުނު "އޭޝިއާ ޕެސިފިކް ޖުޑިޝަލް ރިފޯމް ކޮންފަރެންސް" (ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ބަދަލުގައި)



- 2004 ވަނަ އަހަރު އިންޑިޔާގެ ބޯޕާލް ބޭއްވުނު "ކޮންފަރެންސް އިން އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް އެންޑް ޕައިރެސީ"



ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަލީ ޙަމީދަކީ ތަފާތުކުރުމެއްނެތި އެންމެންނަށް އެއް އުޞޫލަކުން އިންސާފް ލިބިދިނުމާއި، ރޫލް އޮފް ލޯ ނެގެހެއްޓުމަށްޓަކައި ޕަބްލިކް އިންޓްރެސްޓް ލިޓިގޭޝަނާއި ޖުޑީޝަލް އެކްޓިވިޒަމްގެ ދައުރުގެ މުހިންމުކަމުގެ މައްޗަށް ބާރުއަޅުއްވާ، އެޑްވޮކޭޓްކުރައްވާ ބޭފުޅެކެވެ.